މިއަދު ރާއްޖޭގެ ރަށްރަށަށް އުދައެރި ހާދިސާގެ ތެރެއިން ---

އުދަ އަރައި މީހުން ދިރިނޫޅެވޭ ވަރުވި ދެގެއަކުން މީހުން ބަދަލު ކުރަނީ

ހުކުރު 01 ޖުލައި 2022 | މޫސަ

މިއަދު މެންދުރުފަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީގެ މަރަދޫގެ 2 ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީން ބުނެފިއެވެ.

Advertisement


އެއޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ މަރަދޫގެ 50 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގދ ފަރެސް މާތޮޑާގެ އެއްގެއަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ރިޕޯޓްކޮށްފައި ވާކަމުގައި އެންޑިއެމްއޭއިން ބުނެފައި ވެއެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ 7 އަތޮޅަކުން 22 ރަށަކަށް އުދައަރައިގެން އެއޮތޯރިޓީއަށް ރިޕޯޓްކޮށްފައިވެއެވެ.

އެއް އަތޮޅުން އެންމެ ގިނަރަށަށް އުދަ އަރާފައި ވަނީ ތ އަތޮޅުންނެވެ. ތ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 8 ރަށަށް އުދަ އަރައިގެން ރިޕޯޓްކޮށްފައިވެއެވެ. ތ މަޑިފުށިން 60 ގެއަކަށް ލޮނުވަތްކަމަށް ރިޕޯޓްކޮށްފައި ވާއިރު، ދިޔަމިގިލުން 5 ގެއަކަށް، ގާދިއްފުށިން 35 ގެއަކަށް، ވޭމަންޑޫން 10 ގެއަކަށް، ތ އޮމަދޫން 15 ގެއަކަށް އަދި ތ ކިނބިދޫން 8 ގެއަކަށް ލޮނުވަތްކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ލ އަތޮޅުން މާވަށަށް އުދައެެރިކަމަށް ރިޕޯޓްކޮށްފައި ވާއިރު އެރަށުގެ 4 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ގއ އަތޮޅުން ދެރަށަކަށް އުދައެރިކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއީ ކޮލަމާފުއްޓާއި މާމެންދޫއެވެ.

ގދ އަތޮޅުގެ 5 ރަށަކަށް އުދައަރާފައިވާއިރު، މަޑަވެލީގެ %98 ގޭގެއަށް ލޮނުވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ފަރެސް މާތޮޑާގެ އެއްގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައި ވާއިރު، އެއަތޮޅު ހޯޑެއްދޫ ފިޔޯރީ އަދި ރަތަފަންދޫއަށްވެސް އުދައަރައި ގެއްލުންތައް ލިބުނެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް އުދަ އަރާފައި ވާއިރު، މަރަދޫގެ 50 ގެއަކަށް ލޮނުވަދެ 2 ގެއަކުން މީހުން ބަދަލު ކުރަންޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި އުދައެރުމާއި ގުޅިގެން މަރަދޫ ފޭދޫގެ 30 ގެއަކަށްވެސް ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މީގެ އިތުރުން ޅ ކުރެންދޫ އަށާއި އދ ފެންފުއްޓަށްވެސް އުދައަރާފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައި ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.