އެމެރިކާއިން ވެކްސިން ހަދިޔާކުރުން. ފޮޓޯ: ހެލްތު މިނިސްޓްރީ

އެމެރިކާއިން ރާއްޖެއަށް 99 ހާހަށްވުރެ ގިނަ ޑޯޒް ވެކްސިން ހަދިޔާކޮށްފި

ހޯމަ 08 އޮގަސްޓް 2022 | ހަމްޒާ

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކޮވިޑް ވެކްސިންގެ 99000 ހާހަށްވުރެ ގިނަ ޑޯޒް ވެކްސިން ހަދިޔާކޮށްފިއެވެ.

Advertisement


ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމެރިކާ ސަރުކާރުން ވަނީ، ރާއްޖެއަށް 99450 ވެކްސިން ހަދިޔާކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ، އެމެރިކާއިން މިއަދު ހަދިޔާކުރި ވެކްސިންތަކަކީ، އެމް.އާރް.އެން.އޭ ޑޯޒްތަކެއް ކަމަށެވެ. އޭގެތެރޭގައި ފައިޒަރއާއި، މޮޑާނާ ވެކްސިން ހިމެނެއެވެ.

އެމެރިކާއިން ދަނީ، ކޮވިޑް 19 އިން ދިފާޢުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެޤައުމުން ވަނީ، މިބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް މީގެކުރިން 7 މިލިއަން ޑޮލަރުގެ އެހީއަކާއެކު 60 ވެންޓިލޭޓަރު ހަދިޔާކޮށްފައެވެ. އަދި އާއްމުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް އެހީތެރިވުމުގެ ގޮތުން ކޯވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒްވެސް ހަދިޔާކުރިއެވެ. މީގެއިތުރުން މިކަމުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.