ހާލާންޑް ވިދިވިދިގެން ދެވަނަ މެޗުގައި ހެޓްރިކް ހެދި: ފޮޓޯ-ޕްރިމިއަރ ލީގު

ހާލާންޑް އަނެއްކާވެސް ހެޓްރިކް، އާސެނަލް ފަސްވަނަ މެޗުން މޮޅުވެ އެއްވަނާގައި!

ބުރާސްފަތި 01 ސެޕްޓެމްބަރ 2022 | އައުޓްރީޗް

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ފުރަތަމަ ފަސް މެޗުވެސް ކާމިޔާބުކޮށް އެއްވަނާގައި މަޤާމް ދަމަހައްޓައިފިއެވެ.

Advertisement


ފަސްވަނަ މެޗު އާސެނަލް ކާމިޔާބުކުރީ އެންޓަން ވިލާއާ ވާދަކޮށް 2-1 ނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްއަށް ކުރިހޯދައިދިނީ ބްރެޒިލް ފޯވާޑް ޖިސޫސްއެވެ. ފުރަތަމަ ހާފްގައި އާސެނަލްއިން ކުރި ހޯދާފައިވަނިކޮށް ފަހު ފަނަރަ މިނިޓް ފެށުނު ތަނާ ޑަގްލަސް ލުއިޒް ލަނޑު ޖަހާ އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ދެމިނިޓް ފަހުން ލަނޑު ޖަހާ އާސެނަލް މޮޅުކޮށްދިނީ ގަބްރިއަލްއެވެ. މިއީ 2004-2005 ވަނަ އަހަރުގެ ސީޒަންގެ ފަހުން ލީގުގެ ފުރަތަމަ ފަސް މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. މިމޮޅާއެކު އާސެނަލް އެއްވަނާގައި އޮތީ ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކުއެވެ. ސްޓީވަން ޖެރާޑްގެ ވިލާ އޮތީ އެއް މޮޅާއެކު ރެލިގޭޝަން ޒޯންގައެވެ.

ތާވަލްގެ ދެވަނާގައި މެންޗެސްޓަރ ސިޓީ އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ފަސްވަނަ މެޗުގައި ސިޓީން ވަނީ ނޮޓިންގހަމް ފޮރެސްޓް 6-0 ން ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ތިން ލަނޑު ޖަހާ ހާލާންޑް ވަނީ ހެޓްރިކް ހަދާފައެވެ. އެމެޗުގެ ކުރިން ކްރިސްޓަލް ޕެލަސް އަތުން ފަހަތުން އަރާ މޮޅުވި މެޗުގެ ދެވަނަ ހާފްގައި ސިޓީގެ ފަހު ތިން ލަނޑު ޖަހާ ހެޓްރިކް ހެދީވެސް ހާލާންޑްއެވެ. ނޮޓިންގ ހަމް ފޮރެސްޓް އަތުން މޮޅުވި މެޗުގެ ދެވަނަ ހާފްގައި އާޖެންޓީނާގެ ޒުވާން ފޯވަޑް އަލްވާރޭޒްވެސް ދެ ލަނޑު ޖެހިއެވެ. ސިޓީއަށް ދެން ލަނޑު ޖަހައިދިނީ ކަންސޭލޯއެވެ. 

ލީގުގައި ލިވަޕޫލް ވަނީ 2-1 ން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. ލިވަޕޫލް އޮތީ އަށް ޕޮއިންޓާއެކު ފަސް ވަނާގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.