ލީގުގެ ޓޮޕް ސްކޯރަރ ހާލާންޑް ލަނޑަށްފަހު: ފޮޓޯ-ޕްރިމިއަރ ލީގު

ސިޓީއާއި ލިވަޕޫލް އެއްވަރު، ޗެލްސީއާއި ޓޮޓެންހަމް މޮޅު

އާދީއްތަ 04 ސެޕްޓެމްބަރ 2022 | އައުޓްރީޗް

އިނގިރޭސި ޕްރމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި، ވާދަވެރި ކްލަބް ލިވަޕޫލަށް މޮޅުނުވެވި ޗެލްސީއާއި ޓޮޓެންހަމް މޮޅުވެއްޖެއެވެ.

Advertisement


ޗެމްޕިއަން ސިޓީ މޮޅުވިޔަ ނުދީ ހިފެހެއްޓީ ސްޓީވަން ޖެރާޑްގެ އެސްޓަން ވިލާއިންނެނެވެ. ހާލާންޑްގެ ލަނޑުން ސިޓީގައި ކުރީގައި ވަނިކޮށް ވިލާއަށް ޕޮއިންޓެއް ހޯދައިދީ ރެލިގޭޝަނުން ބޭރަށް ގެންގޮސްދިނީ ބެއިލޭއެވެ. މެޗުގައި ހާލާންޑް ޖެހި ގޯލަކީ ހަ މެޗުން ޖެހި 10 ވަނަ ގޯލެވެ. މިނަތީޖާއާއެކު ސިޓީ އޮތީ ތާވަލްގެ ދެވަނާގައެވެ. އެއީ އެއްވަނާގައި އޮތް އާސެނަލްއަށްވުރެ މެޗެއް އިތުރަށް ކުޅެ، ޕޮއިންޓެއްގެ ފަރަޤަކާއެކުއެވެ.

ލިވަޕޫލް އެއްވަރުވީ އެވަޓަންއާ ވާދަކޮށް ލަނޑެއް ނުޖެހިއެވެ. ލިވަޕޫލް އޮތީ ލީގު ތާވަލްގެ ހަ ވަނާގައެވެ. އެއީ ނުވަ ޕޮއިންޓާއެކުއެވެ. ޗެލްސީ ވަނީ ފަހަތުން އަރާ 2-1 ން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ. ދެވަނަ ހާފްގައި އެންޓޯނިއޯ ޖެހި ލަނޑުން ވެސްޓްހޭމް ކުރި ހޯދާފައިވަނިކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗިލްވެލްއެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މޮޅުކޮށްދިނީ ކައި ހާވާޓްޒްއެވެ. ޗެލްސީ އޮތީ 10 ޕޮއިންޓާއެކު ފަސް ވަނާގައެވެ.

ޓޮޓެންހަމް މެޗު ކާމިޔާބުކުރީ ފުލަމްއާ ވާދަކޮށް 2-1 ނެވެ. ޓޮޓެންހަމް އޮތީ 14 ޕޮއިންޓާއެކު ތިން ވަނާގައެވެ. ސިޓީ ދެވަނާގައި އޮތީވެސް 14 ޕޮއިންޓާއެކުއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.