ރަށްރަށުގައި ފާމަސީ ގާއިމްކުރުމަށް އެސްޓީއޯއާ ހަވާލުކުުރުން. ފޮޓޯ:އެސް.ޓީ.އޯ

11 ރަށެއްގައި ފާމަސީ ގާއިމްކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފި

އަންގާރަ 13 ސެޕްޓެމްބަރ 2022 | ހަމްޒާ

އަތޮޅުތެރޭގެ އެގާރަ ރަށެއްގައި ފާމަސީ ގާއިމްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން، އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

Advertisement


ރަށްރަށުގައި ފާމަސީތައް ގާއިމްކުރުމަށް އެސްޓީއޯއާއި ހެލްތު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ހަންނާނު ޙުސެއިނެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ރިސަރޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުޙައްމަދު އިޙްސާން ވަހީދެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށްފަހު ސިއްހީ މަރުކަޒުގެ ގޯތި ތެރޭގައި އާ ފާމަސީތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ފާމަސީ ގާއިމްކުރާ ރަށްތަކަކީ،

މ. މަޑުއްވަރި

އދ. ދިގުރަށް

ހއ. ތުރާކުނު

މ. ރަތްމަންދޫ

ހއ. ތަކަންދޫ

ތ. އޮމަދޫ

ގއ. ކަނޑުހުޅުދޫ

މ. ކޮޅުފުށި

ގއ. ކޮލަމާފުށި

ބ. ދޮންފަނު

ނ. ލަންދޫ

މި ރަށްތަކުގައި ފާމަސީތައް ގާއިމުކުރުމުގެ އެސްޓީއޯއާ ހަވާލުކޮށްފައިވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.