ރެއާލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ރޮޑްރީގޯ: ފޮޓޯ-ލަލީގާ

ރެއާލް މެޑްރިޑް ފުރަތަމަ ހަ މެޗުންވެސް މޮޅުވެ، އެއްވަނާގައި

ހޯމަ 19 ސެޕްޓެމްބަރ 2022 | އައުޓްރީޗް

ފުރަތަމަ ހަ މެޗުންވެސް މޮޅުވެ، ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނާގައި ރެއާލް މެޑްރިޑުން ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

Advertisement


ހަ ވަނަ މެޗުގައި އެތްލެޓިކޯ މެޑްރިޑް އަތުން ރެއާލް މޮޅުވީ 2-1 ނެވެ. މެޗަށް ނިކުއިންއިރު އެއްވަނަ މަޤާމް ގެއްލިފައިވިޔަސް މެޗުން މޮޅުވެ، 18 ޕޮއިންޓާއެކު ރެއާލް މިހާރު އޮތީ އެއްވަނާގައެވެ. މެޗުގައި ރެއާލްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮޑްރީގޯއެވެ. ދެވަނަ ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ވަލްވާޑޭއެވެ. ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފްގައެވެ.

އެތްލެޓިކޯގެ ލަނޑު ބަދަލަކަށް ނިކުއިން ހާމޯސީ ޖެހީ 80 ވަނަ މިނިޓްގައެވެ. އެކަމަކު މެޗު އޭނާ ނިންމާލީ ދެ މިނިޓްގެ ތެރޭގައި ހޯދި ދެ ރީނދޫކާޑާއެކު ރަތްކާޑެއް ހޯދއިގެންނެވެ. 

ރެއާލްގެ ފަހަތުން ތާވަލްގެ ދެވަނާގައި އޮތީ ބާސެލޯނާއެވެ. ތިންވަނާގައި އޮތީ ރެއާލް ބެޓިސްއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.