
މެސީ ލަނޑުޖަހަން ފުރުޞަތު ފަހިކޮށްދިނީ ނޭމާ: ފޮޓޯ-ޕީއެސްޖީ
މެސީގެ ލަނޑުން ލިޔޯން ބަލިކޮށް، ޕީއެސްޖީ އެއްވަނާގައި
ހޯމަ 19 ސެޕްޓެމްބަރ 2022
| އައުޓްރީޗް
ފްރެންޗް ލީގުގައި ލިޔޯން ބަލިކޮށް، ޕީއެސްޖީން އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
Advertisement

ލިޔޯންގެ މައްޗަށް ޕީއެސްޖީން ކުރިހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު މެސީ ޖެހީ މެޗު ފަށައިގެން ފަސްވަނަ މިނިޓްގައެވެ. މެސީއަށް ފުރުޞަތު ފަހިކޮށްދިނީ އެކުގައި ބާސެލޯނާއަށްވެސް ކުޅުނު ނޭމާއެވެ. މިއީ މިސީޒަންގައި ޕީއެސްޖީއަށް މެސީ ޖަހައިދިން ހަވަނަ ލަނޑެވެ.
ޕީއެސްޖީގެ ފަހަތުން ދެވަނާގައި އޮތީ މާސޭއެވެ.