ޝީރީން ---

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން މަރާލި މައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށައަޅައިފި

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

އިޒްރޭލު ސިފައިން ހަމަލާދީ މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލޭ ގެ މަރަށް އިންސާފު ހޯދުމަށް އާއިލާގެ ފަރާތުން އިންޓަރނޭޝަން ކްރިމިނަލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

Advertisement


މެއި 16 ވަނަ ދުވަހު، އިޒްރޭލް ސިފައިން ޝީރީނަށް ހަމަލާދީ މަރާލީ، އިޒްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ، ބައިތުލްއެހެމްގައި ހުންނަ ފައްޅިއެއް ކައިރީގައި އަލްޖަޒީރާގެ ކެމެރާމަނާއި އަދި ބައެއް އެހެން ޖާނަލިސްޓުންނާއި އެކު ހުއްޓައެވެ. ޝީރީން ހުރީވެސ ޖެކެޓްލައި އަދި ހެލްމެޓްވެސް އަޅައިގެންނެވެ. ޝީރީންގެ އާއިލާއިންވެސް ނޫސްވެރިންވެސް ތުހުމަތު ކުރާ ގޮތުގައި، އިޒްރާއީލް ސިފައިން ޝީރީނަށް ހަމަލާދީފައި ވަނީ ގަސްތުގައި އަދި މަރާލުމުގެ ނިޔަތުގައެވެ.

މިނިވަން ފަރާތްތަކުން ކުރި ތަހުޤީޤުތަކުން އެނގިފައިވާ ގޮތުގައި، ޝީރީންއަށް ހަމަލާދީފައި ވަނީ، އިޒްރޭލު ސިފައިންގެ ސްނައިޕަރެކެވެ. ފާޑުކިޔުންތަކާއި ފިއްތުންތައް ކުރިމަތިވުމުން ޝީރީންގެ މަރުގެ މައްސަލަ ތަހުޤީޤު ކުރާނެ ކަމަށް އިޒްރާއީލުން ބުނި ނަމަވެސް އެމައްސަލައިގައި އިޒްރާއީލުން ހިންގާ ތަހުޤީޤުތަކުން ނަތީޖާއެއް ނުނުކުމެއެވެ. އަދި މަރުގެ އެމައްސަލަ އެކަށީގެންވާ ގޮތެއްގައި އިޒްރާއީލުން ބަލައިފާނެ ކަމަށް އުއްމީދުވެސް ނުކުރާކަމުގައި ޝީރީންގެ އާއިލއިން ވަނީ ބުނެފައެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ކުރިމަތީގައި ހުރެ އަންގާރަދުވަހު އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން ޝީރީންގެ ބޭބެ އެންޓޮން ބުނެފައި ވަނީ، ޝީރީން މަރާލި މައްސަލައިގައި އިޒްރޭލް ޖަވާބުދާރީ ކުރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އޭނާ ބުނީ، އިޒްރާއީލް ސިފައިން ޝީރީން މަރާލި ތަނަށް 16 ފަހަރު ބަޑި ޖަހާފައިވާ ކަމަށެވެ. މިގޮތުން ޝީރީން ޒަޚަމްވެގެން ވެއްޓުމުން އޭނާއަށް އެހީވާން މަސައްކަތް ކުރި މީހުންނާއި ދިމާއަށްވެސް އިޒްރޭލް ސިފައިން ބަޑި ޖަހާފައިވާ ކަމަށެވެ. އަދި ޝީރީންއަށް ހަމަލާދީފައި ވަނީ އެއީ ޝީރީންކަން އެނގިތިބެ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް، އޭނާ ބުނެފައިވެއެވެ.







ޝީރީން އަކީ 25 އަހަރަށްވުރެ ދިގު މުއްޒަތެއްގައި އަލްޖަޒީރާގައި މސައްކަތްކޮށްފައިވާ ރިޕޯޓަރެކެވެ. .



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.