ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ---

ރަސްމީ އިއްޒަތުގައި އަބޭގެ ޖަނާޒާ ބޭއްވުމާއި މެދު ޖަޕާނުގެ ރައްޔިތުން ދެކޮޅު ހަދަނީ

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

ޖަޕާނު ސަރުކާރުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމަށް ތައްޔާރުވަމުންދާތީ އެކަމާއި ދެކޮޅަށް ޖަޕާނުގެ ބައެއް އާއްމުން ނުކުމެއްޖެއެވެ.

Advertisement


ޖަޕާނު ސަރުކާރުން ދަނީ، 11.4 މިލިއަން ޑޮލަރު، (1.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން، ޝިންޒޯ އަބޭއަށް ރަސްމީ ޖަނާޒާއެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މިޖަނާޒާ ބޭއްވުމަށް ރާވާފައި ވަނީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށް ދަޢުވަތު ފޮނުއްވައި، ޤައުމުތަކުގެ އެންމެ އިސްވެރިންވެސް ބައިވެރިކޮށްގެން ކަމުގައި ޖަޕާނުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ޖަޕާނުގެ އާއްމުން، އަބޭގެ ޖަނާޒާ ދައުލަތުގެ ޚަރަދުގައި ބޭއްވުމަށް ދެކޮޅު ހަދަމުން ދާއިރު، އާއްމު މީހަކު ވަނީ، އެޖަނާޒާ އާއި ދެކޮޅު ހެދުމުގެ ގޮތުން، ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި އަމިއްލަ ހަށިގަނޑުގައި ރޯކޮށްލާފައެވެ.

މީގެ އިތުރުން ޖަޕާނުގެ އިދިކޮޅު ޕާޓީންވެސް ދަނީ، އެޖަނާޒާ ނުބޭއްވުމަށް ގޮވާލަމުންނެވެ. އަދި އެޖަނާޒާ ބާއްވާ ނަމަވެސް ޖަނާޒާ ބޮއިކޮޓް ކުރާނެކަމުގައި، ޖަޕާނުގެ އިދިކޮޅު ޕާޓީން ވަނީ ބުނެފައެވެ.

މީހަކު ބަޑިން ދިން ހަމަލާއެއްގައި އަބޭ އަވަހާރަވީ މިއަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އަބޭ އަކީ، ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމު އެންމެ ދިގު މުއްދަތެއްގައި ފުރުއްވި ބޭފުޅާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.