ރައީސް މ އަތޮޅަށް ކުރެއްވި ދަތުރުފުޅު --

ބޮޑު ތިލަދުއްމައްޗަށް އަންނަ ހަފްތާގައި ރައީސް ވަޑައިގަންނަވަނީ

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޮޑުތިލަދުއްމައްޗަށް އަންނަ ހަފްތާގައި ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Advertisement


މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ، ހއ. އުތީމު، ހއ. ދިއްދޫ، ހދ. ފިނޭ އަދި ހދ. ނައިވާދު އަށްކަމަށެވެ.

މިރަށްރަށަށް ވަޑައިގެން ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެ ކަމުގައިވެސް މިޢްވާން ވިދާޅުވިއެވެ. މީގެ އިތުރުން ޒޯން އެކެއްގެ އާރްޓީއެލް ފެރީގެ ޚިދުމަތް ކުރިޔަށްދާ ގޮތްވެސް ރައީސް ބައްލަވާ ލައްވާނެއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނީ، ހޯމަދުވަހުގައެވެ. އަދި ބުދަދުވަހު އެމަނިކުފާނު އެނބުރިވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އުތީމުގައި އޮންނަ މިނިވަންދުވަހުގެ ޖަލްސާ އާއި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.