ހަނިމާދޫ އެއާޕޯޓް --

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރަނީ

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުމުގައި މިމަހުގެ 25ވާ އާދީއްތަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

Advertisement


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިޢްވާން މުހައްމަދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤިކުރުމުގެ މަސައްކަތަކީ ބޮޑު ތިލަދުންމަތީގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ.


ހަނިމާދޫއެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޖޭއެމްސީ އެކްސްޕޯޓްސް އާއެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައި ވަނީ، 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)އަށެވެ. މިމަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގެ ރަންވޭ 2.46 ކިލޯމީޓަރަށް ބޮޑު ކުރެވޭނެއެވެ.


ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަރުގެ ޒަމާނީ އާ ޓާމިނަލެއްވެސް ހިމަނައިގެންނެވެ. މިމަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ނިންމައި ޚިދުމަތްދޭން ފަށަންޖެހެއެވެ.


ހަނިމާދޫ އެއާޕޯޓްގެ ޕްރޮޖެކްޓް ހިންގަނީ، އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިންނެވެ.
ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.