ގަން އިންޓަރނޭޝަނަލް އެއާޕޯޓް ---

އަތުގައި ބޮމެއް އޮތްކަމަށް ބުނި އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއި ފިރިހެނަކު ގަން އެއާޕޯޓުން ހައްޔަރުކޮށްފި

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަންގޮސް ތިބި އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކު އެމީހުންގެ އަތުގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement


ފުލުހުންގެ އިދާރާއިން ބުނީ، ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ، މިއަދުގެ ހަވީރު 17:25 ހާއިރުގައި ކަމަށާއި، އެރިޕޯޓާއި ގުޅިގެން ފުލުހުންނާއި ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވެފައިވާ ކަމަށެެވެ. އަދި އެމީހުންގެ ތަކެތި ބަލައި ފާސްކޮށްފައިވާއިރު، އެމީހުންގެ އަތުން ގޮވާޒާތުގެ އެއްވެސް އެއްޗެއް، ފެނިފައި ނުވާކަމުގައި ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެއިންޒާރު ދިނުމާއި ގުޅިގެން އެދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

ފުލުހުންގެ އިދާރާއިން ބުނީ، ބޮމެއް އޮތް ކަމަށް ބުނެ ދިން އިންޒާރާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންެހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 

އޭވިއޭޝަބްގެ ޤަވާއިދު ތަކާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންވެސް އެމީހުން ކުރި އެ އަމަލަކީ ވަރަށްބޮޑު ކުށެކެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.