އައްޒާމް އަދި ޝަފީޤާ --

އައްޒާމް އާސަންދަ އަށް، ޝަފީޤާ އެންސްޕާއަށް ބަދަލުކުރައްވައިފި

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަޤާމުގައި ހުންނެވި، އިސްމާޢީލް ޢައްޒާމް ވަޖީހު، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ހަމަޖައްސަވައި، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި، މ. މާފުށީގެ، މަރްޔަމް ޝަފީޤު އެންސްޕާގެ ސީއީއޯގެ މަޤާމަށް މިއަދު ހަމަޖައްސަވައިފިއެވެ.

Advertisement


އިސްމާޢީލް ޢައްޒާމް ވަޖީހު، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމު މަޤާމަށް، އައްޒާމް ހަމަޖައްސަވާފައި ވަނީ ކުރިން އެމަޤާމުގައި ހުންނެވި ޝަފީޤާ ވަކިކުރެއްވުމަށް ފަހުގައެވެ. އަދި ޝަފީގާ އެންސްޕޯގެ ސީއީއޯގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ އެމަޤާމުގައި ކުރިން ހުންނެވި އިސްމާއީލް ޢައްޒާމް މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.


މަރްޔަމް ޝަފީޤަކީ، މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.