ސްތެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް މަތިވެރި ކައުންސިލާއި ބައްދަލު ކުރެއްވުން ---

އއ އަތޮޅުގައި ސްޓެލްކޯ އިންދޭ ކަރަންޓްގެ ޚިދުމަތާއި ގުޅޭގޮތުން އެމްޑީ ޝަރީފް ރަށްރަށުގެ ކައުންސިލާއި މަޝްވަރާކުރައްވައިފި

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

އަރިއަތޮޅު އުތުރުބުރީ، މަތިވެރީގެ ކަރަންޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމާއި ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް މަތިވެރ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

Advertisement


މިބައްދަލުވުން އޮތީ މިރޭ، އއ. މަތިވެރީ ކައުސިލް އިދާރާގައެވެ.


މަތިވެރީ ކައުންސިލާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިވެސް، ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް އެމްޑީ ޝަރީފް ވަނީ އަޑުއައްސަވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް، އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަނީ، މަތިވެރީގެ އިތުރުން، އއ ބޮޑުފުޅުދޫއަށް ވަޑައިގެން އެރަށުގެ ރަށުކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރައްވައި މަޝްވަރާކުރައްވާފައެވެ.

އަރިއަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގައި ސްޓެލްކޯއިން އެންމެ ގިނަ އިންޖީނުގެތައް ހިންގަމުން އަންނަ އަތޮޅެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.