ފ ނިލަންދޫގައި

ފ ނިލަންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ބުރާސްފަތި 22 ސެޕްޓެމްބަރ 2022 | މޫސަ

ފ ނިލަންދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު ފައްޓަވައި ދެއްވައިފިއެވެ. 

Advertisement


މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު، ނިލަންދޫގައި އައު މިސްކިތް އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ ބިމުގައެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމުގެ ގޮތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު ވަނީ ފައުންޑޭޝަން އެޅުން ފެށުމުގެ ގޮތުން ސިމެންތި ބާލިދީއެއް އަޅުއްވައި ދެއްވާފައެވެ.

ފ.ނިލަންދޫގައި އިމާރާތް ކުރާ މިމިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެވެ. 


އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 365 ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފަށާގޮތަށެވެ. މިމިސްކިތް އެޅުމަށް ދައުލަތުގެ ބަޖެޓުން، 11.8މިލިޔަން ރުފިޔާއެވެ. މި މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.