ވެލާނާ އެއާޕޯޓް --

ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ އިންޤިލާބީ ބަދަލެއް: އައު ރަންވޭ ހުޅުވުން މާދަމާ

ބުދަ 05 އޮކްޓޯބަރ 2022 | އައުޓްރީޗް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުނީ، މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެކަން އަދި ފާހަގަކޮށްވެސް ނުނިމެއެވެ. އެކަމަކު އެއާއެކު މާދަމާ މުޅި ޤައުމު އަނެއްކާވެސް ފާހަގަކުރަން މިތައްޔާރު ވަނީ އައު އުފަލެކެވެ. ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމެވެ. 6 އޮކްޓޫބަރ ވާ ބުރާސްފަތި ދުވަހު (މާދަމާ) ރަންވޭ ހުޅުއްވުން ޝަރަފްވެރިކޮށްދެއްވާނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އައު ރަންވޭގައި ފުރަތަމަ ޖައްސާނީ އެމިރޭޓްސްގެ ފްލައިޓެކެވެ.

Advertisement


އައުރަންވޭ ހުޅުވުވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާއިރު، މިހާތަނަށް އައު ރަންވޭގައި 3 ފްލައިޓެއް ޖައްސާފައިވެއެވެ. އައު ރަންވޭގައި ފުރަތަމަ ޖެއްސީ އެއާ އިންޑިއާގެ ފްލައިޓެކެވެ. ރަންވޭގެ މަސައްކަތް ނުނިމެނީ އަދި ރަންވޭ މަތީގައި މަސައްކަތް ހިނގަމުން ދަނިކޮށް ބޯޓު ޖެއްސުމުގެ ސަބަބުން ބޯޓަށް ގެއްލުންތައް ލިބުނެވެ. އެހާދިސާ ހިނގީ 07 ސެޕްޓެމްބަރ 2018 ގައެވެ.

އައު ރަންވޭގެ މަސައްކަތް ނިންމައި ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ، އޭގެ އެގާރަ ދުވަސް ފަހުން، 18 ސެޕްޓެމްބަރު 2018 ގައެވެ. އެދުވަހު އެއާޕޯޓަށް ޖައްސާފައި ވަނީ، އޭ 380 މަރުކާގެ، މަތިންދާ ބޯޓެކެވެ.

އެ ތާރީޚީ ދުވަހު، އާ ރަންވޭ އަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ. އެއީ މިހާރު ދުނިޔޭގައިވެސް މަދަނީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެންމެ ބޮޑު މަތިންދާ ބޯޓެވެ.

އެމްއޭސީއެލްއިމް ހާމަކޮށްފައިވާ ގޮތުގައި، މާދަމާ އައުރަންވޭ ބޭނުން ކުރަންފެށުމާއި އެކު، ކުރީގެ ރަންވޭ ބޭނުންކުރާނީ، ޓެކްސީވޭ އަކަށެވެ. ކުރީގެ ރަންވޭގައި ގަޑިއެއްގެ އިރުތެރޭގައި ޖައްސައި އުދުއްސެނީ، 8 ފްލައިޓް ނަމަވެސް، އައު ރަންވޭއިން ގަޑިއެއްގެ އިރުތެރޭ 21 ފްލައިޓް ޖައްސައި އުދުއްސޭނެއެވެ.

ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ރަންވޭއެވެ. މީގެ އިތުރުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢަކާއި، ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުތަކެއް ރޭވި މިހާރު ދަނީ ކުރިޔަށެވެ.

ރައްޖޭގެ ފަތުރުވެރިކަން ކުރިއަރައި، އެސިނާޢަތަށް 50 އަހަރު ވީއިރުވެސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް އެކަށީގެންވާ މިންވަރަށް ފުޅާނުކުރެވި އޮތުމުގެ ސަބަބުން، ފަތުވެރިކަމުގެ ދާއިރާއަށް އައީ ގޮންޖެހުންތަކާއި ކުރި މަތިވަމުންނެވެ. މިހާރު ރާއްޖެއަށް އަހަރެންގެ މައްޗަށް އަންނަނީ 1.5 މިލިއަން ފަތުރުވެރިންނެވެ. އެހެން ނަމަވެސް އައު ރަންވޭ އާއި އެކު އެއާޕޯޓުގައި ޖެއްސޭ ފްލައިޓްތަކުގެ އަދަދު އިތުރުވެގެން ދިޔުމުން މިއަދަދަށް ބޑު ބަދަލެއް އަންނާނެއެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ތަނަކަށް އެއާޕޯޓް ހެދުމަށެވެ.   

   

ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އުއްމީދު ކުރާ ގޮތުގައި، އައު ރަންވޭ ބޭނުން ކުރަންފެށުން ވެގެންދާނީ ރާއްޖެއަށްނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެވެސް އިތުރުވެ ދެގުނަ ވެގެންދާނެ ކަމަކަށެވެ. އަދި އިތުރު އެއާލައިންތަކަށް ރާއްޖެއަށް ދަތުރުކުރުމަށް މަގު ފަހިވެގެން ދާނެއެވެ. މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިޒޯޓާއި، 3 ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓްހައުސް ހިންގަމުން އެބަދޭ. އޭގެ އިތުރުން، ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި، 147 ޓޫރިސްޓް އުޅަނދާއި، 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން އެބަދެއެވެ. އެއީ 57436 ޓޫރިސްޓް އެނދެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.