ލަނޑުޖެހުމަށްފަހު ސައޫދީ ކުޅުންތެރިން: ފޮޓޯ-ފީފާ

މެސީގެ އާޖެންޓީނާ ބަލިކޮށް، ސައޫދީ އަރަބިޔާއިން ދުނިޔެ ސިއްސުވާލައިފި

އަންގާރަ 22 ނޮވެމްބަރ 2022 | އައުޓްރީޗް

ޤަތަރުގައި ކުރިއަށްދާ 22 ވަނަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ލަޔަނަލް މެސީގެ އާޖެންޓީނާ ބަލިކޮށް، އޭޝިޔާގެ ސައޫދީ އަރަބިޔާއިން ދުނިޔެ ސިއްސުވާލައިފިއެވެ.

Advertisement


ޔޫރަޕްގައި ކުޅޭ ތަރިންގެ އާޖެންޓީނާގެ މައްޗަށް ސައޫދީ އަރަބިޔާގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް އޮތް ސައޫދީ އަރަބިޔާއިން ކުރި ހޯދީ 2-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އާޖެންޓީނާއިންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ މެސީއެވެ. ސައޫދީން މެޗު އަނބުރާލީ ދެވަނަ ހާފް ފަށަައިގެން ފަސް މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. 48 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ އަލް ޝެހުރީއެވެ. ކުރި ހޯދައިދިނީ 53 ވަނަ މިނިޓްގައި އަލް ދައުސާރީއެވެ. މެޗުގައި ސައޫދީން ވަނީ އާޖެންޓީނާ ކުޅުންތެރިންނަށް ފަހަތުން ފުރުޞަތު ދުނީ ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ. ގޯލަށް ފޮނުވާލީ ފަސް ބޯޅައެއް ކީޕަރު މަތަކުރިއެވެ.

މިނަތީޖާގެ ސަބަބުން ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދިއުމަށް އާޖެންޓީނާއަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. މިގްރޫޕްގައި ދެން އޮތީ ޕޮލެންޑާއި، މެކްސިކޯއެވެ. 

މިކީ ކޮޕަ އެމެރިކާ ކާމިޔާބުކުރިފަހުން އާޖެންޓީނާ ބަލިވި ފުރަތަަމަ މެޗެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.