މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް އަލަށް ޢައްޔަނު ކުރެއްވި އަޝްރަފް ޢަލީ ---

ހޯމިނިސްޓަރުގެ ނައިބުގެ މަޤާމަށް އަޝްރަފް ޢައްޔަނުކުރައްވައިފި

ބުދަ 23 ނޮވެމްބަރ 2022 | އައުޓްރީޗް

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް، ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް، އަޝްރަފް ޢަލީ ޢައްޔަނު ކުރައްވައިފިއެވެ.

Advertisement


އަޝްރަފް އެމަޤާމަށް އައްޔަނުކުރައްވާފައި ވަނީ، މިއަދުއެވެ،

އަޝްރަފް ޢަލީގެ އިތުރުން މިހާރުވެސް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އިތުރު ދެބޭފުޅަކު ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ، އަބޫބަކުރު ޢަބުދުލް ކަރީމާއި، ލުޢައްޔު ސަޢީދެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަނު ކުރައްވާފައިވާ، އަހުމަދު މުޙައްމަދުފުޅާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ މުޙައްމަދު ޙަމީދަކީވެސް، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި އެއްފެންވަރުގެ މަޤާމެއްގައި ތިއްބަވާ ދެބޭފުޅުންނެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.