ބެލްޖިއަމްގެ ހަމައެކަނި ލަނޑަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ފީފާ

ކެނަޑާ އަތުން ޕެނަލްޓީ ބޭކާރުވެ، ބެލްޖިއަމްއަށް ހަނި މޮޅެއް!

ބުރާސްފަތި 24 ނޮވެމްބަރ 2022 | އައުޓްރީޗް

ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ބެލްޖިއަމް، ކެނަޑާ އަތުން އުނދަގޫ ހަނި މޮޅެއް ހޯދައިފިއެވެ. 

Advertisement


ދެޓީމްގެވެސް ފުރަތަމަ މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ނެވެ. ބެލްޖިއަމްގެ ލަނޑު ކާމިޔާބުކޮށްދިނީ ކއުންޓަރ އެޓޭކެއްގައި ބަޓުޝުއާއީއެވެ. އޭގެކުރިން ކެނެޑާއަށް ޕެނަލްޓީއެއް ލިބި ބޭކާރުވިއެވެ. އަލްފޮންސޯ ޑޭވިސް ޖެހި ޕެނަލްޓީ ބެލްޖިއަމްގެ ރެއާލް މެޑްރިޑް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ. 

ބެލްޖިއަމްއަށްވުރެ 39 ދަރަޖަ ފަހަތުގައި އޮތް ކެނަޑާ ބަލިވި ނަމަވެސް، މިއީ އެމީހުންނަށް ހިތްހަމަ ޖައްސާލެވޭނެ ނަތީޖާއެކެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު ކެނަޑާ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ ޓީމަށް ރަރުހީބު ދީފައެވެ. 

މިގްރޫޕްގައި މޮރޮކޯއާއި ކްރޮއޭޝިޔާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންކަމުން ގްރޫޕްގެ އެއްވަނާގައި އޮތީ ބެލްޖިއަމްއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.