މޯލްޑިވުސް ޕޮލިސް ސަރވިސް ---

ވަގު ޑޮލަރުން ވިޔަފާރި ކުރަމުން ދިޔަ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ބުރާސްފަތި 24 ނޮވެމްބަރ 2022 | އައުޓްރީޗް

ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

Advertisement


މޯލްޑިވުސް ޕޮލިސް ސަރވިސް އިން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ކަމަށެވެ. އެ އޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެކެވެ.ފުލުުހުން ވިދާޅުވީ، އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.ފުލުހުންެގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.