"ވިރަ" މަރުކަޒު ---

އާސަންދައާ އެންސްޕާގެ ޚިދުމަތްދޭ އައު މަރުކަޒެއް ހުޅުވައިފި

ބުރާސްފަތި 24 ނޮވެމްބަރ 2022 | އައުޓްރީޗް

އާސަންދަ އާއި އެންސްޕާގެ ޚިދުމަތްތައް ދިނުމަށްޓަކައި "ވިރަ"ގެ ނަމުގައި ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.

Advertisement


މިސެންޓަރު ހުޅުވާފައި ވަނީ، އެމްޑަބުލިޔުއެސްސީގެ ކޮށީގައި އާސަހަރާއާ ވީފަޅިއަށް އޮންނަ، ނިކަގަސް ހިނގުމުގައެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަރުކަޒު ހުޅުއްވައި ދެއްވީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލައި ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީއެވެ.  މިއީ ވެލްފެއާގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފަސޭހަކަމާއި އެކު ލިބޭނޭ މަގުފަހި ކުރުމަށްޓަކައި ހުޅުވި މަރުކަޒެއް ކަމުގައި އާސަންދަ ކުންފުނިން ބުނެފައިވެއެވެ.

އެންސްޕާ އާއި އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު، 8 އިން ރޭގަނޑު 10އަށް މިމަރުކަޒު ހުޅުވިފައި ހުންނާނެއެވެ. މިމަރުކަޒުގެ ޚިދުމްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހޮޓްލައިން 1400އަށް ގުޅުއްވައިގެންވެސް މައުލޫމާތު ހޯއްދެވޭނެ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.