ޕެނަލްޓީ ބޭކާރުވިޔަސް އާެންޓީނާއާއެކު މެސީ ދެވަނަ ބުރަށް: ފޮޓޯ-ފީފާ

މެސީ އަތުން ޕެނަލްޓީ ބޭކާރުވިޔަސް ދެވަނަބުރަށް އާޖެންޓީނާއާ ޕޮލެންޑް

ބުރާސްފަތި 01 ޑިސެމްބަރ 2022 | އައުޓްރީޗް

ޕޮލެންޑް ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އާޖެންޓީނާ ވަރލްޑްކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދއިފިއެވެ. އާޖެންޓީނާ އަތުން ބަލިވިޔަސް ދެވަނަ ޓީމްގެ ގޮތުގައި ޕޮލެންޑަށްވެސް ވަނީ ދެވަނަ ބުރުގެ ފުރުޞަތު ލިބިފައެވެ.

Advertisement


ޕޮލެންޑްގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 2-0 ނެވެ. އާޖެންޓީނާއިން ލަނޑު ޖެހުމުގެ ކުރިން އެޓީމަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން މެސީ ފޮނުވާލުމުން ޕޮލެންޑް ކީޕަރު ސެޒްނީ މަތަކުރިއެވެ. އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފްގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު ޖެހީ މެކް އަލިސްޓާއެވެ. ދެވަނަ ލަނޑު ޖެހީ މެންޗެސްޓަރ ސިޓީގެ ފޯވާޑް އަލްވާރޭޒްއެވެ.

މެޗުން ބަލިވިޔަސް ޕޮލެންޑަށް ދެވަނަ ބުރުގެ ފުރުޞަތު ލިބުނީ މެކްސިކޯއާ ޕޮއިންޓްގެ ގޮތުން އެއްވަރުގެ ގޯލްގެ ތަފާތުންނެވެ. ދެޓީމަށްވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. އެކަމަކު 2-1 ން މިރޭ ސައޫދީއަރަބިޔާ ބަލިކުރި މެކްސިކޯއަށް މައިނަސް އެއް ގޯލް އެބައޮތެވެ. ޕޮލެންޑަށް ފައިދާ ގޯލެއް އަދި ގެއްލުން ގޯލެއްވެސް ނެތުމުން ދެވަނަ ބުރުގެ ފުރުޞަތު ލިބުނީއެވެ.

ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރި ސައޫދީއަރަބިޔާއަށް މެކްސިކޯ ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އޮތަސް، ބަލުވުމުން މުބާރާތް އެޓީމަށްވެސް ވަނީ ނިމިފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.