ފްރާންސް ބަލިކުރުމަށްފަހު ޓިއުނީޝިޔާ ކުޅުންތެރިން: ފޮޓޯ-ފީފާ

ދެވަނަ ބުރަށް ނުދެވުނަސް ޓިއުނީޝިޔާއިން މުބާރާތް ނިންމާލީ ޗެމްޕިއަން ފްރާންސް ބަލިކޮށްގެން

ބުރާސްފަތި 01 ޑިސެމްބަރ 2022 | އައުޓްރީޗް

ފީފާ ވަރލްޑްކަޕްގެ ދެވަނަ ބުރަށް ނުދެވުނަސް ޓިއުނީޝިޔާއިން ޗެމްޕިއަން ފްރާންސް ބަލިކޮށްގެން މުބާރާތް ނިންމާލައިފިއެވެ. ޓިއުނީޝިޔާ ދިޔައީ ގްރޫޕްގެ ތިންވަނައަށެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޗެމްޕިއަން ފްރާންސް އަތުން މޮޅުވިޔަސް ދެވަނަ ބުރުގެ ފުރުޞަތު ނުލިބުނީ ޑެންމާކް އަތުން އޮސްޓްރޭލިޔާ މޮޅުވުމުންނެވެ.

Advertisement


ފްރާންސް ކޮޅަށް ޓިއުނީޝިޔާގެ ލަނޑު ޖެހީ ކެޕްޓަން ވަޚްބީ ޚަޒްރީއެވެ. މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ ގްރީޒްމަން ޖެހި ލަނޑެއް، ފަހު ކަށިގަނޑުގެ ކުރިން ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމިއެވެ. މެޗަށް ފްރާންސުން ނެރުނު ޓީމްގައި ނުވަ ބަދަލެއް ހިމެނުނެވެ. އެކަމަކު ދެވަނަ ހާފްގައި މުހިއްމު ކުޅުންތެރިން ކުޅެން ނެރުނެވެ. 

ބަލިވިޔަސް ގޯލްގެ ތަފާތުން ފްރާންސަށް ގްރޫޕްގެ އެއްވަނަ ލިބުނެވެ. ފްރާންސާ އެއް އަދަދަކަށް އޮސްޓްރޭލިޔާވެސް ޕޮއިންޓް ހޯދިއެވެ. ޑެންމާކް 1-0 ން ބަލިކޮށް ހޯދި މޮޅާއެކު އޮސްޓްރޭލިޔާވެސް ދެ މެޗުން ހަ ޕޮއިންޓް ހޯދިއެވެ. ފްރާންސަށްވެސް ހޯދުނީ ހަ ޕޮއިންޓެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.