ކްއާޓަރއިން ޖާގަ ހޯދުމަށްފަހު ނެދަލެންޑްސް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ފީފާ

ކްއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

އާދީއްތަ 04 ޑިސެމްބަރ 2022 | އައުޓްރީޗް

އެމެރިކާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ނެދަލެންޑްސް ހޯދައިފިއެވެ.

Advertisement


ނެދަލެންޑްސް ކްއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ގަދަ ސޯޅަ ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ މެޗުގައި 3-1 ން އެމެރިކާ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އިތުރު ވަގުތާއެކު ނެދަލެންޑްސްއިން ދެ ގޯލް ޖެހިއެވެ. ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ދެ މެޗުގައި ބަދަލު ކުޅުންތެރިއެްްގެ ގޮތުގައި ނިކުއިން ނަމަވެސް އެމެރިކާއާ ދެކޮޅަށް ފުރަތަމަ އެގާރައިން ފުރުޞަތު ދިން ފޯވާޑް ޑިޕާއީއެވެ. ދެވަނަ ގޯލް ޖެހީ ޑިފެންޑަރ ބްލިންޑްއެވެ. އެކަމަކު މިހާފްގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އެމެރިކާގެ ޕުލިސިޗަށެވެ. ނެދަލެންޑްސްއިން ލަނޑު ޖެހުމުގެ ކުރިން ޕުލިސިޗަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުކުރެވުނެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ލަނޑު ޖަހާ އެމެރިކާއިން އުއްމީދު ހޯދިއެވެ. ބަދަލަކަށް ނިކުއިން ހާޖީ ރައިޓް 76 ވަނަ މިނިޓްގައި ލަނޑު ޖެހުމުގެ ކުރިން އޭނާއަށް ލިބުނު ހުސް ފުރުޞަތުގެ ބޭނުން ނުކުރެވުނެވެ. ނެދަލެންޑްސްގެ ތިންވަނަ ލަނޑު ޖެހީ ޑަމްފްރީސްއެވެ.

ކްއާޓަރ ފައިނަލްގައި ނެދަލެންޑްސް ވާދަކުރަން ޖެހޭނީ އާޖެންޓީނާއާއި އޮސްޓްރޭލިޔާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.