ލިވަކޮވިޗް ތިން ޕެނަލްޓީ މަތަކުރި: ފޮޓޯ-ފީފާ

ކްރޮއޭޝިޔާ ކްއާޓަރއަށް ގެންގޮސްދިނީ ކީޕަރު ލިވަކޮވިޗް

އަންގާރަ 06 ޑިސެމްބަރ 2022 | އައުޓްރީޗް

ކީޕަރު ޑޮމިނިކް ލިވަކޮވިޗް ކްރޮއޭޝިޔާ ޓީމް ފީފާ ވަރލްޑް ކަޕްގެ ކްއާޓަރ ފައިނަލަށް ގެންގޮސްދީފިއެވެ. 

Advertisement


ގަދަ ސޯޅަ ޓީމް ވާދަކުރި ބުރުގައި ޖަޕާނާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގައި ދެހާފްގައިވެސް ދެޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ލިވަކޮވިޗް ވަނީ ތިން ޕެނަލްޓީ މަތަކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ 30 މިނިޓް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޖަޕާނުންނެވެ. ކްރޮއޭޝިޔާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި ޕެރިސިޗްއެވެ. 

ޕެނަލްޓީގައި ޖަޕާނަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ އަސާނޯ ޖެހި ތިންވަނަ ޕެނަލްޓީއެވެ. ކްރޮއޭޝިޔާއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މާކޯ ލިވާޔާ ޖެހި ޕެނަލްޓީއެވެ. ޕެނަލްޓީގައި ކްރޮއޭޝިޔާ ކުރި ހޯދީ 3-1 ނެވެ. ކްރޮއޭޝިޔާ ކްއާޓަރއަށް ދަތުރުކުރީ މެޗަކުން ބަލިނުވެއެވެ.

ޖަޕާނު މުބާރާތުން ކެޓީ ސްޕެއިންއާއި، ޖަރމަނީ ގްރޫޕް ސްޓޭޖްގައި ބަލިކޮށްފައެވެ. ކްއާޓަރ ފައިނަލްގައި ކްރޮއޭޝިޔާ ވާދަކުރަން ޖެހޭނީ ބްރެޒިލްއާއި ސައުތް ކޮރެއާ ވާދަކޮށް ކުރިހޯދާ ޓީމަކާއެވެ.

ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.