
ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
ރ.ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

މިމަސައްކަތުގެ ކޮންޓްރެކްޓަރ، އެމް.ޓީ.ސީ.ސީން ބުނީ، ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 71 އިއްސައްތަ ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓްވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލައި، ރޭމްޕް ހަދައި، 1663.36 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކޮށް. ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްދާ މިމަޝްރޫއަކީ، 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.