އިންތިޚާބެއްގައި މީހަކު ވޯޓްލަނީ

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި

އާދީއްތަ 15 ޖެނުއަރީ 2023 | އައުޓްރީޗް

މިއަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާނެކަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.

Advertisement


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށެވެ. ފުރަތަމަ ބުރުގެ ނަތީޖާ ހަތް ދުވަހުގެ ތެރޭގައި އިއުލާންކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މޭމަހުގެ ދެވަނަ ދުވަހު ވޯޓާސް ލިސްޓް ޢާއްމުކުރާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ދިނުމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. 

އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލަނީ ޖުލައި 23 ވަނަ ދުވަހުއެވެ. ކެމްޕެއިން ކުރުމަށް އޮތް މުއްދަތަކީ އޮގަސްޓް 10 ން ސެޕްޓެމްބަރު 8 ގެ ނިޔަލަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.