ކ. ތިލަފުށި ---

އިންޑަސްޓްރިއަލް މަސައްކަތްތަކަށް ތިލަފުށިން ބިންވިއްކަން އިޢުލާނުކޮށްފި

ހުކުރު 03 ފެބްރުއަރީ 2023 | އައުޓްރީޗް

އެންމެފަހުން ތިލަފުއްޓަށް އިތުރު ކުރެވުނު ބިމުން، އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން ފުރުޞަތު ހުޅުވާލައިފިއެވެ.

Advertisement


އެޗްޑީސީން ބުނީ، ބީލަމު އުސޫލުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބިން ވިއްކާނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށެވެ.

އެޗްޑީސީން ބިން ވިއްކާ އުސޫލުގައި ބުނެފައިވާ ގޮތުން، ދިވެހިންނާއި ބިދޭސީންނަށްވެސް، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅިދާނެއެވެ. އެހެން ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ، ދިވެހި ރައްޔިތެއް ނަމަ އެފަރާތަަށް ބިން މިލްކު ކުރެވޭނެއެވެ. އެކަމަކު ބީލަން ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރެއިން ބިދޭސީންނަށް ބިން ލިބޭނީ 99 އަހަރުގެ މުއްދަތަށެވެ. އަދި ބީލަން ހުށައަޅާއިރު ހުށައެޅޭނެ އެއްމެ ކުޑައަގަކީ އަކަފޫޓަކަށް 1700 ރުފިޔާ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސިން ހާމަކޮސްފައިވާ ގޮތުގައި ބިން ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދާނީ ދެ މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ، ތިލަފުށިން ބިންގަތުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ މަރުހަލާއެވެ. ދެވަނަ މަރުޙަލާއަކީ، ޝައުޤުވެރިކަން ފާޅުކުރި ބިންތަކަށް ބީލަން ހުށައެޅުމުގެ މަރުޙަލައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ބީލަން ހުށައެޅުން ކުރިޔަށް ދާނީ އެކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ފެބުރުއަރީ 7 ވާ އަންގާރަ ދުވަހު އާއްމުންނަށް ޕޯޓަލް ހުޅުވާލާނެ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.