އަލީ ފާސިރަށް މާޒިޔާގެ ޗެއަރމަން ކްލަބްގެ ޖަރޒީ ހަވާލުކުރަނ: ފޮޓޯ-މާޒިޔ

ސެންޓޭ މާޒިޔާއަށް ސޮއިކޮށްފި

ހޯމަ 06 ފެބްރުއަރީ 2023 | އައުޓްރީޗް

އާ ސީޒަނަށް އަލީ ފާސިރު (ސެންޓޭ) ސޮއިކުރިކަން މާޒިޔާއިން އިއުލާންކޮށްފިއެވެ.

Advertisement


މިދިޔަ ތިން ސީޒަންގެ ލީގު ޗެމްޕިއަން މާޒިޔާއަށް ސެންޓޭ ސޮއިކުރިކަން މިއަދު އިއުލާންކުރިޔަސް ސެންޓޭ ގެނައުމުގެ ހުރިހާ ކަމެއް ނިންމިތާ ދުވަސްތަކެއް ވެއްޖެއެވެ. ސެންޓޭއަކީ މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ބޮޑު ގޯލާ ރަށްޓެހި ފޯވާޑެވެ. މިދިޔަ ސީޒަންގައި މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްކަޕް ހޯދި ވެލެންސިޔާ ޓީމްގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. އެކަމަކު ލީގާއި އެފްއޭކަޕްގައި އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައިވާ ސެންޓޭ ވަނީ ވެލެންސިޔާގެ އިތުރުން ނިއުރޭޑިއަންޓާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އީގަލްސްއަށްވެސް ސެންޓޭ ކުޅުނެވެ.

ސެންޓޭގެ އިތުރުން ޤައުމީ ޓީމްގެ ޑިފެންޑަރ އަހުމަދު ނޫމާން (ހެލްމެޓް) ވެސް ވަނީ މާޒިޔާއަށް ބަދަލުވެފައެވެ. އީގަލްސް ދޫކޮށް ހެލްމެޓްގެ އިތުރުން އޭނާއާއެކު އީގަލްސްއަށް ކުޅެމުން އައި ޑިފެންޑަރ ހުސެއިން ޝިފާއު ޔޫސުފް (ކްރޯ)ވެސް ވަނީ މާޒިޔާއަށް ބަދަލުވެފައެވެ. އަދި އީގަލްސްއަށް ކުޅެމުން އައި ޤައުމީ ޓީމްގެ ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) ވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.