ޙައްޖުކޯޕަރޭޝަންގެ ޙަވާލުގައި ޢުމުރާއަށް ދިޔަ ބަޔަކު ޙަރަމްފުޅުގައި----

ހައްޖުވެރިންނަށް އެހީތެރިވުމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ދެވަނަ ފަހަރަށް އިޢުލާނުކޮށްފި

ހޮނިހިރު 18 މާޗް 2023 | މޫސަ

ހައްޖުކޯޕަރޭޝަނުގެ ޙަވާލުގައި، މިއަހަރު ހައްޖަށްދާ ހައްޖުވެރިންނަށް އެހީތެރިވުމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ.

Advertisement


ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ދެވަނަ ފަހަރަށް ޢިއުލާނު ކުރީ އެކަމަށް ފުރަތަމަ ފަހަރު ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީއެވެ.

ހައްޖުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް ހޯދަނީ ފިރިހެން އެހީތެރިންނެވެ. މިގޮތުން އެކަމަށް އެދޭ ފަރާތްތަކުން، މި މާރިޗުމަހުގެ 22 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވައި ހުށައެޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި،އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމުގައި ވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން ހިމެނެއެވެ.


އަދި މިކަމަށް ހޮވޭ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ:

- ޙައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.

- ދަތުރުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ޙައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.

- ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

- ބާޒާރުކުރުމާ، ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާ ގުދަންކުރުން.

- ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.

- ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

ހައްޖުކޯޕަރޭޝަނުން ބުނީ، މިކަަމަށް އެދޭ ފަރާތްތަކުން، ފުރިހަމަ ކުރަންޖެހޭ ފޯމް އެކުންފުނީގެ ވެބްސައިޓުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެކަމަށެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކަށް އެހީތެރިވާނޭ ވޮލަންޓިއަރުން ހޮވުމުގައި މީގެ ކުރިން ހައްޖާއި އުމުރާގެ އަޅުކަމުގައި އެހީތެރިވުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކަށާއި ޢަރަބި އަދި އުރުދޫބަސް އެނގޭ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.