ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ---

ޕާކީސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ ގެކޮޅަށް ފުލުުހުން ވަދެ ބަލައިފާސްކުރަން ފަށައިފި

ހޮނިހިރު 18 މާޗް 2023 | މޫސަ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓަށް ހާޒިރުވުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޑައިގެންނެވި ވަގުތާއި ދިމާކޮށް، ޕާކިސްތާނުގެ ޕަންޖާބު ފުލުހުން، ލާހޯރުގައި ހުންނަ އިމްރާން ޚާންގެ ގެކޮޅަށް ވަދެ ބަލައި ފާސްކުރަން ފަށަފިއެވެ.

Advertisement


އިމްރާޚާން އިސްލާމްއާބާދަށް ވަޑައިގެންނެވީ، އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުމަށެވެ. އޭނާ އިސްލާމްއާބާދަށް ވަޑައިގެންނެވުމުގައި، ލާހޫރުގައި ހުންނަ، އިމްރާންޚާންގެ ގެކޮޅު، ފުލުހުން ވަނުމާއި ގުޅިގެން އިމްރާންޚާން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އިމްރާން ޚާން ވިދާޅުވީ، ޒަމާން ޕާކުގައި ހުރި އޭނާގެ ގެކޮޅުގައި އަނބިކަނބަލުން ބުޝްރާ ބޭގަމް އެކަނި ހުންނަވަނިކޮށް އެގެއަށް ފުލުހުން ވަދެގަތުމަކީ ހަމަލާއެއްކަމަށާ އެކަން ބަލައި ނުގަނެވޭނެ ކަަމަށެވެ. އަދި ޕަންޖާބު ފުލުހުން އެކަން ކުރަނީ ކޮން ގާނޫނެއްގެ ދަށުންތޯވެސް އިމްރާންޚާން ވަނީ ސުވާލުކޮށްފައެވެ.

އިމްރާންޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ އާއި މެދު އުފުލާފައިވާ ދައުވާތަކާއި، އަމަލު ކުރާ ގޮތްތަކުގެ މައިގަނޑު ބޭނުމަކީ، ޕާކިސްތާނުގެ ވެރިކަމަށް ނަވާޒު ޝަރީފް ގެނައުމަަށް މަގުފަހިކުރުމެވެ.

އިމްރާންޚާންގެ މައްޗަށް ކުރާ ޝަރީއަތް އިސްލާމް އާބާދުގައި ކުރިޔަށްދާއިރު، އިމްރާންޚާނަށް ސަޕޯޓްކުރާ ފަރާތްތަށް ހުއްޓުވުމަށްޓަކައި، ޕާކިސްތާނުގެ ފުލުހުން ވަނީ، ވެރިރަށް އިސްލާމް އާބާދާއި ލާހޯރުގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައެވެ. އަދި ކޯޓު ކޮމްޕްލެކްސް ހިމެނޭ ސަރަހައްދުތަކުން ލައިވް ބްރޯޑްކާސްޓް ކުރުންވެސް ވަނީ މީޑިއާތަކަށް މަނާކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.