މުރައިދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ:އެމް.ޓީ.ސީ.ސީ

މުރައިދޫ އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

ބުދަ 29 މާޗް 2023 | ހަމްޒާ

ހއ.މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އައު ހާބަރ ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. 

Advertisement


މިމަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށާއި، އައު ހާބަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ، މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލައި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕަކާއި، ވޯކްވޭ ބުރިޖެއް ހަދައި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫއަކީ،

34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެކުންފުނިން މިމަޝްރޫއުގެ އަަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.