ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ޑެ ބުރޫނޭ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ރެއާލްއާއި ސިޓީގެ ފުރަތަމަ ލެގު އެއްވަރު، ފައިނަލްގެ ޖާގަ ޔަޤީންވާނީ ދެވަނަ ލެގުން!

ބުދަ 10 މެއި 2023 | އައުޓްރީޗް

ޗެމްޕިއަންސް ލީގު ސެމީފައިނަލްގައި ފުރަތަމަ ލެގުގައި ޗެމްޕިއަން ރެއާލް މެޑްރިޑާއި، އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ފުރަތަމަ ލެގު އެއްވަރުވެއްޖެއެވެ.

Advertisement


ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެއްވަރުވީ 1-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލީޑްނެގީ ރެއާލްއިންނެވެ. ކަމަވިންގާ ދިން ބޯޅައެއް އޭރިޔާ ބޭރުން ދުރުން ފޮނުވާލައިގެން ލަނޑުޖެހީ ވިނީޝިއުސް ޖޫނިއަރއެވެ. 25 ޔާޑުން ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު އެބޯޅަ ހުއްޓުވަން ސިޓީގެ ކީޕަރު އެޑަސަންއަށް އެއްކަމެއްވެސް ނުކުރެވުނެވެ. ދެވަނަ ހާފްގައި ކެވިން ޑެ ބުރޫނޭ އޭރިޔާ ބޭރުން ތިރިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަންއިރު ރެއާލްގެ ކީޕަރު ކޯޓުއާއަށްވެސް ހުއްޓުވަން ކުރެވޭނެ ކަމެއް ނެތެވެ. އެކަމަކު މެޗުގައި ދެކީޕަރުންވެސް ނުރައްކާތެރި ބޯޅަތަކެއް މަތަކުރިއެވެ. ނަތީޖާ ވަކިކޮޅަކަށް ބުރަ ނުވުމުގައި ދެކީޕަރުންވެސް މުހިއްމު ދައުރެއް އަދާކުރިއެވެ.

ފައިނަލުން ޖާގަ ލިބޭ ޓީމެއް ޔަޤީންވާނީ ސްޕެއިންއާއި އިނގިރޭސި ޗެމްޕިއަން ދެވަނަ ލެގުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުންނެވެ. އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭ ކުޅޭ ސެމީފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ ލިބޭނެއެވެ. 

ރެއާލްއާ އެއްވަރުވި މެޗަކީ މިސީޒަންގައި ބަލިނުވެ ވިދިވިދިގެން ސިޓީން ފުރިހަމަކުރި 21 ވަނަ މެޗެވެ. 21 މެޗުގެ ތެރެއިން 17 މެޗުން މޮޅުވިއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.