މެޗަށްފަހު އިންޓަރ މިލާން ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އިންޓަރ މިލާން

އިންޓަރ މިލާނުން ފައިނަލަށް ދިއުމުގެ ކޮންޓްރޯލް ނަގައިފި

ބުރާސްފަތި 11 މެއި 2023 | އައުޓްރީޗް

ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމުގެ ކޮންޓްރޯލް އިންޓަރ މިލާނުން ނަގައިފިއެވެ.

Advertisement


އިންޓަރ މިލާން ކޮންޓްރޯލް ނެގީ ސެމީފައިނަލް ފުރަތަމަ ލެގުގައި ވާދަވެރި އޭސީ މިލާންގެ މައްޗަށް 2-0 ން ކުރި ހޯދައިގެންނެވެ. ސަންސޯރީގައި ކުޅުނު ފުރަތަމަ ލެގުގައި އިންޓަރ މިލާނުން ދެ ލަނޑު ޖެހީ ފުރަތަމަ ހާފްގެ ފުރަތަމަ 11 މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ލީޑް ނެގައިދިނީ އަށްވަނަ ިނިޓްގައި އެޑިން ޒެކޯއެވެ.އޭގެ ތިން މިނިޓްފަހުން ދެވަނަ ލަނޑުޖަހާ ކޮންޓްރޯލް ހޯދީ މިހުތާރިޔަން ޖެހި ގޯލުންނެވެ. މެޗު ކުޅުނީ 80،000 ސަޕޯޓަރުންގެ ކުރިމަތީގައެވެ.

މިދެޓީމް ވާދަކުރާ ދެވަނަ ލެގުވެސް ކުޅޭނީ ސަންސޯރީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު އޭސީ މިލާނަށް ފައިނަލްގެ ފުރުޞަތު އޮތީ ދެވަނަ ލެގުގައި 3 ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. 

ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ މެންޗެސްޓަރ ސިޓީއާއި ރެއާލް މެޑްރިޑެވެ. އެދެޓީމް ވާދަކުރި ފުރަތަމަ ލެގު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.