ލަނޑުޖެހުމަށްފަހު ޔުނައިޓެޑް ކުޅުންތެރިން: ފޮޓޯ-މެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑާއި ނިއުކާސަލް ގަދަ ހަތަރެއް ޔަޤީންކުރަނީ، ޓޮޓެންހަމްއަށް ފުރުޞަތެއް ނެތް!

އާދީއްތަ 14 މެއި 2023 | އައުޓްރީޗް

މެންޗެސްޓަރ ޔުނައިޓެޑާއި، ނިއުކާސަލް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރުމާ ގާތަށް ދިޔައިރު، ޓޮޓެންހަމްއަށް ފުރުޞަތު ގެއްލިއްޖެއެވެ.

Advertisement


ޔުނައިޓެޑް ގަދަ ހަތަރެއްގެ ޖާގަ ވަރުގަދަކުރީ 2-0 ން ވުލްވްސް ބަލިކޮށްގެންނެވެ. މެޗަށް ނިކުއިންއިރުވެސް ޔުނައިޓެޑް އޮތީ ހަތަރު ވަނާގައެވެ. އެކަމަކު މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ފަސްވަނާގައި އޮތް ލިވަޕޫލްގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ތިންވަނާގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. މެޗުގައި ޔުނައިޓެޑްގެ ދެ ގޯލް ދެހާފްގައި ޖެހީ އެންތަނީ މާޝިއަލްއާއި، ގާނާޗޯއެވެ. ގާނާޗޯ ކުޅުމުގެ ތެރެއަށް މިއައީ އަނިޔާއަށްފަހުއެވެ.

ޔުނައިޓެޑަށް ނިއުކާސަލްއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވުނީ ލީޑްސް ޔުނައިޓެޑް އަތުން ނިއުކާސަލްއަށް މޮޅުނުވެވުމުންނެވެ. އެމެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މިނަތީޖާތަކާއެކު ދެޓީމްވެސް އޮތީ 66 ޕޮއިންޓާއެކުއެވެ. ލިވަޕޫލް އޮތީ 62 ޕޮއިންޓާއެކުއެވެ. 

ސީޒަންގެ ބޮޑުބައެއްގައި ގަދަ ހަތަރެއްގެ ތެރޭގައި އޮތް ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުގެ ޖާގަ މުޅިން ގެއްލުނީ އެސްޓަން ވިލާ އަތުން ބަލިވުމުންނެވެ. އެމެޗުން ޓޮޓެންހަމް ބަލިވީ 2-1 ނެވެ. ޓޮޓެންހަމް އޮތީ 57 ޕޮއިންޓާއެކު ހަ ވަނާގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.