ބުރު މޮޅުކޮށްދިން ލަނޑު ޖެހި ނާއިމް: ފޮޓޯ-އެފްއޭއެމް

ބުރަށް ލީގުގެ ފުރަތަމަ މޮޅު، ވެލެންސިޔާ މޮޅެއް ނުލިބި

ހޯމަ 15 މެއި 2023 | އައުޓްރީޗް

މިސީޒަންގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ބުރު ސްޕޯރޓްސް ކްލަބުން ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް އެންމެ ތާރީޚީ ކްލަބް ވެލެންސިޔާ މޮޅެއް ނުލިބި އަނެއްކާވެސް ނިންމާލަން ޖެހިއްޖެއެވެ.

Advertisement


ބުރު ލީގުގައި ފުރަތަމަ މޮޅު ހޯދީ ޓީސީ އަތުންނެވެ. ޕްރެޒިޑެންޓް ކަޕްގައި ޓީސީ އަތުން ބަލިވި ބުރުން ލީގުގައި ޓީސީ ބަލިކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޖެހީ މުޙައްމައި ނާއިމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ލީގުގައި ކުޅުނު ދެވަނަ މެޗުން މޮޅު ހޯދާ ބުރުން ވަނީ އިތުބާރުވެސް ހޯދާފައެވެ.

ޕްރެޒިޑެންޓް ކަޕްގައިވެސް ޕޮއިންޓެއް ނުލިބުނު ވެލެންސިޔާ ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް ވީ ބައްޔެވެ. ލީގުގައި ފުރަތަމަ މެޗުންވެސް ބަލިވި، ވެލެންސިޔާ ދެވަނަ މެޗުގައި ބަލިވީ އީގަލްސް އަތުންނެވެ. އެެއީ 3-0 ނެވެ. މެޗުގައި އީގަލްސްގެ ލަނޑުތައް ޖެހީ އިވާން ކާލޯސްއާއި، އަހުމަދު ރިޒުވާން (ރިޒޭ)އާއި، އިބްރާހީމް މަހުދީ ހުސެއިން (ފޭދޫއިއްބެ) އެވެ. މީގެތެރެއިން ރިޒޭ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އީގަލްސް ވަނީ ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.