ސިޓީގެ ފުރަތަމަ ދެ ލަނޑު ޖެހީ ބާނާޑޯ ސިލްވާ؛ ފޮޓޯ-ޔުއެފާ

އަމިއްލަ ދަނޑުގައި ރެއާލް ބޮޑު ބައްޔަކުން ބަލިކޮށް، ސިޓީ ޗެމްޕިއަންސް ލީގު ފައިނަލަށް

ބުރާސްފަތި 18 މެއި 2023 | އައުޓްރީޗް

އިއްތިހާދު ސްޓޭޑިއަމްގައި ރެއާލް މެޑްރިޑް ބޮޑު ބައްޔަކުން ބަލިކޮށް، މެންޗެސްޓަރ ސިޓީން ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފިއެވެ.

Advertisement


ސިޓީ ފައިނަލަށް ދަތުރުކުރީ ދެވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 4-0 ން ބަލިކޮށްގެންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. އެހެންކަމުން ސިޓީ ފައިނަލަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

ފުރަތަމަ ހާފްގައި ސިޓީއަށް ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މިޑްފީލްޑަރ ބާނާޑޯ ސިލްވާއެވެ. ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ޑިފެންޑަރ އަކަންޖީއެވެ. ފަހު ލަނޑު ބަދަލަކަށް ނިކުމެ އިތުރު ވަގުތުގައި ޖެހީ އަލްވާރޭޒްއެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ އެޓޭކްތައް ކުރީވެސް ސިޓީންނެވެ. ރެއާލްއިން މެޗުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޓޯނީ ކްރޫޒްއެވެ. އޭނާ ފޮނުވާލި ބާރުބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މުޅިން އަލަށް ތަށި ހޯދަން މަސައްކަތްކުރަމުން އަންނަ މެންޗެސްޓަރ ސިޓީން ފައިނަލުގައި ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓަރ މިލާނާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.