މިފްކޯގެ ޖަޒީރާ 03އަށް މަަސްކިރުވަނީ --

މިފްކޯގެ އެންމެ ބޮޑު ބޯޓު ޖަޒީރާ 103އަށް މަސްކިރުވަން ފަށައިފި

ހުކުރު 19 މެއި 2023 | މޫސަ

މިފްކޯގެ އެންމެ ބޮޑު ބޯޓު ޖަޒީރާ 103އަށް މަސްކިރުވަން ފަށައިފިއެވެ.

Advertisement


މިބޯޓަށް މަސްކިރުވަން ފެށުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ ގދ. ފަރެސް މާތޮޑާގައެވެ. ދެކުނުގައި މަސްކިރުވުމަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިފްކޯއިން އިތުރު ބޯތު ތަކެއްގެނެސް ހުވަދު އަތޮޅުތެރެއިން މަސްކިރުވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢިއުލާނު ކުރެއްވި ހުސްވި އަހަރުގެ ޑިސެމްބަރު މަހު މަސްވެރިންގެ ދުވަށް ފާހަގަކުރުމަށް ފަރެސްމާތޮޑާގައި ބޭއްވި ޖަަލްސާގައެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސް މާތޮޑާގައި ބޭއްވި ބައްދަލުވުންތަކުގައިވެސް ހުވަދުއަތޮޅުގެ މަސްވެރިން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، މަސްކިރުވުމަށް ދުރު ހިސާބުތަކަށް ދާންޖެހުމެވެ.

މިފްކޯއިން ޖަޒީރާ 03 ރާއްޖެ ގެނެސްފައި ވަނީ ހުސްވި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގައެވެ.

ޖަޒީރާ 03އަށް މަސްކިރުވަށް ފެށުން ފާހަގަކުރުމަށް ބޭވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، ފިޝަރީޒް މިނިސްޓަރ ޑރ ޙުސައިން ރަޝީދި ޙަސަން އާއި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ފައުޒީއާ އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޢަބުދުﷲ ސަޢީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިފްކޯއިން ގެނައި ޖަޒީރާ 03 ބޯޓަކީ އެބޯޓުގެ ދެފަރާތުގައި ދޯނިތައް ބާއްވައިގެން އެއްފަހަރާ މަސްކިރުވަމުން ދިޔުމުގެ ޤާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ. އެބޯޓަށް ދުވާލަކު 120 މެޓްރިކްޓަނުގެ މަސް ގަނެ ގަނޑުކޮށް ރައްކާކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.