ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން. ފޮޓޯ:އެމް.ޓީ.ސީ.ސީ

ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއު ނިމުމާއި ގާތަށް

ހުކުރު 26 މެއި 2023 | ހަމްޒާ

ހއ.ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެއެވެ.

Advertisement


މި މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށާއި، ތާރު އެޅުމުގެ މަސައްކަތުގެވެސް 95 އިންސައްތަ ނިމިފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ، މިމަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކޮށް، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މަގުބައްތިއާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.