
ޑޭމަކަށް ވެއްޓުނު މޮބައިލް ފޯނެއް ހޯދުމަށް ޑޭމްގެ ފެންގަނޑު ހިންދާލަން އެންގި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑްކޮށްފި
ޑޭމަކަށް ވެއްޓުނު މޮބައިލް ފޯނެއް ހޯދުމަށް އެޑޭމްގެ ފެންގަނޑު ހިންދާލަށް އަންގައި އެކަން ކުރި މައްސަލައިގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ސަސްޕެންޑްކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމެއް ހިނގީ އިންޑިއާގެ ޗައްޓީޝްގަރް ސްޓޭޓްގެ ކަންކަރް އަވަށުގައެވެ. އެއަވަށުގައި އޮންނަ ޚެރްކައްތާ ޑޭމްއަށް ފުޑް އިންސްޕެކްޓަރއެއް ކަމަށްވާ، ރާޖޭޝް ވިޝްވާސްގެ ފޯނު ވެއްޓުނީ އޭނާ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ. ފޯނު ޑޭމްގެ ތެރެއަށް ވެއްޓުމުން އެފޯނު ހޯދުމަށް ފުރަތަމަ ކުރި މަސައްކަތުގައި ފޯނު ނުފެނުމުން އޭނާ ވަނީ،، ޑޭމްގެ ފެންގަނޑު ހިންދާލުމަށް އަމުރުކޮށްފައެވެ.
އޭނާގެ ފޯނު ހޯދުމަށް ޑީސަލް ޕަމްޕް ބޭނުންކޮށްގެން، އެޑޭމުން ތިން ދުވަސް ތެރޭގައި 2 މިލިއަން ލީޓަރުގެ ފެން ވަނީ އުކާލާފައެވެ. އެއީ އިންޑިއާގައި ހޫނު މޫސުމުގައި 607 ހެކްޓަރުގެ ދަނޑުބިމަށް ފެންދިނުމަށް ފުދޭހައި ފެނެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަކީ، ހޫނު މޫސުމުގައި ފެނަން ޖެހޭ ސަރަހައްދުތަކެކެވެ. މި ގޮތުން އެޑޭމްގައި ރައްކާކޮށްފައި ހުރި ފެނަކީވެސް ހޫނު މޫސުމުގައި ދަނޑުބިންތަކަށް ފެންދިނުމަށް ރައްކާކޮށްފައި ހުރި ފެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
މޮބައިލް ފޯނެއް ހޯދުމަށް އެތައް މިލިޔަން ލީޓަރެއްގެ ފެން އިސްރާފް ކުރުމުގެ އިތުރުން އެ އޮފިޝަލް ސަސްޕެންޑްކޮށްފައި ވަނީީ، ޑޭމްގެ ފެން ހިންދާލުމަށް އޭނާ އަމުރުކުރީ އެކަމަށް ހުއްދަ ހޯދާފައި ނުވާތީއެވެ.
އެފޯނު ފެނުނު ނަމަވެސް ފޯނު އޮތީ ބޭނުން ކުރެވޭ ހާލަތުގައި ގައި ނޫންކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ، ވިޝްވާސް އޭނާގެ ފޯނު ހޯދުމަށް ޑޭމް ހިއްކާލުމަށް އެންގީ އެފޯނުގައި އިންޑިއާ ސަރުކާރުގެ މުހިއްމު މައުލޫމާތުތަކެއް ހުންނާނެ ކަމުގައި ބުނެއެވެ.