އެކްސިޑެންޓްވި ރޭލުތައް

އިންޑިއާގެ ރޭލު އެކްސިޑެންޓެއްގައި 300 އެއްހައި މީހުން މަރުވެއްޖެ

ހޮނިހިރު 03 ޖޫން 2023 | މޫސަ

އިންޑިއާގައި ތިން ރޭލެއްޖެހި ހިނގި އެކްސިޑެންޓެއްގައި 300 އެއްހައި މީހުން މަރުވެއްޖެއެވެ.

Advertisement


މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އޮޑިއްސާގެ ބަލައްސޯރުގައެވެ. އިއްޔެ ހިނގި މިއެކްސިޑެންޓްގަިއ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 288އަށް ވުރެ މައްޗަށް ގޮސްފައެވެ. މިއެކްސިޑެންޓްގައި 900 ވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. މިއީ އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓްގެ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

އަދި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މިއެކްސިޑެންޓާއި ގުޅޭ ތަޙްޤިޤުުތައް ފަށާފައި ވާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.