ހޯރަފުށީ އެއާޕޯޓް ޖެޓީގެ މަސައްކަތް އެމްޓީސީސީން ކުތަނީ --- ފޮޓޯ:އެމްޓީސީސީ

ހޯރަފުށީ އެއަރޕޯޓް ޖެޓީ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ

އާދީއްތަ 04 ޖޫން 2023 | މޫސަ

ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ 50 ޕަސެންޓް ނިމިފައިވާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

Advertisement


އެކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 18000 ކިއުބިކް މީޓަރު ސަރަހައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ނިންމައި މިހާރު ކުރަމުން ދަނީ، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކުރާ މަސައްކަތްތަކުގެ ތެރޭގައި، ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 5.9 މިލިޔަން ރުފިޔާއަށެވެ.









ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.