ހުޅަނގު ގުދުސް ---

ހުޅަނގު ގުދުސްގައި ކޮންސިއުލާ އޮފީސްތައް ހުޅުވަން ރަޝިޔާއިން ނިންމައިފި

ހޮނިހިރު 17 ޖޫން 2023 | މޫސަ

ޤުދުސްގައި ކޮންސިއުލަރ އޮފީހެއް ހުޅުވުމަށް ނިންމައި ރަޝިޔާއިން އެކަން އިޢުލާނުކޮށްފިއެވެ.

Advertisement


ކްރެމްލިން އިން ހާމަކޮށްފައިވާ ގޮތުގައި އެޤައުމުގެ ކޮންސިއުލަރ އޮފީސް ހުޅުވުމަށް ނިންމާފައި ވަނީ ހުޅަނގު ޤުދުސްގައެވެ. ރަޝިޔާގެ މިނިންމުމަށް އިޒްރޭލުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި އެއީ ހުޅަނގު ޤުދުސްގައި ބޭރުޤައުމުތަކުގެ އޮފީސްތަކާއި ކޮންސުލްތައް އަދި އެމްބަސީތައް ޤާއިމްކުރުމަށް އިޒްރޭލުން ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބީއެއްގެ ގޮތުގައިވެސް އެޤައުމުން ވަނީ ފާހަގަކޮށްފައެވެ.

ރަޝިއާއިން ހާމަކޮށްފައިވާ ގޮތުގައި، އެޤައުމުގެ ކޮންސިއުލޭޓް އޮފީސް ހަދާ ބިން ގަނެފައި ވަނީ، އިޒްރޭލު އުފެދުމުގެވެސް ބައި ޤަރުނުކުރިން، 1885 ވަނަ އަހަރުގައެވެ. އަދި އެބިމާއި ގުޅޭ ގޮތުން ކުރެވެމުން ދިޔަ އެތައް އަހަރެއްވީ މަޝްވަރާތަކަށް ފަހުގައި، އެބިމަށް ރަޝިޔާގެ ކޮންސިއުލޭޓް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއެކުރެވުނީ، މިއަހަރުގެ މެއިމަހުގެ 18 ވަނަ ދުވަހުގައި ކަމަށްވެސް ރަޝިޔާ ސަރުކާރުން ވަނީ ބުނެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.