އިންޑިޔާ ކުޅުންތެރިން ތަށްޓާއެކު: ފޮޓޯ-ސާފް

ސަރަހައްދުން ބޭރުގެ ދެ ގައުމާއެކުވެސް އިންޑިޔާއިން ޗެމްޕިއަންކަން ހޯދައިފި

ބުދަ 05 ޖުލައި 2023 | އައުޓްރީޗް

ސަރަހައްދުން ބޭރުގެ ދެ ގައުމު ބައިވެރި ކުރުމުންވެސް ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިޔާއިން ހޯދައިފިއެވެ.

Advertisement


އިންޑިޔާއިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުވެއިތާ ވާދަކޮށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިންޑިޔާ ކުރިހޯދީ 5-4 ނެވެ. އިންޑިޔާއަށް ނާކާމިޔާބުވީ އެއް ޕެނަލްޓީއެވެ. އެއީ އުދަންތާ ސިންގ ޖެހި ޕެނަލްޓީއެވެ. ކުވެއިތުގެ ދެ ޕެނަކްޓީ ނާކާމިޔާބުވިއެވެ. އެއީ މުހައްމަދު އަބުދުالله އާއި ހާލިދު އަލް އިބްރާހީމް ޖެހި ޕެނަލްޓީއެވެ. ޗެމްޕިއަންކަން އިންޑިޔާއަށް ޔަޤީންވީ ހާލިދު އަލް އިބްރާހީމް ޖެހި ޕެނަލްޓީ އިންޑިޔާ ކީޕަރު މަތަކުރުމުންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 38 އަހަރުގެ ސުނިތް ޗެތްރީއެވެ. ރަންބޫޓް ހޯދީވެސް އިންޑިޔާގެ ކެޕްޓަން ޗެތްރީއެވެ. މުބާރާތް އިންޑިޔާ ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. މިއީ އިންޑިޔާއިން މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ.

ރާއްޖެ މުބާރާތް ނިންމާލީ ތިން މެޗުންވެސް ބަލިވެ ސެމީގެ ފުރުޞަތުވެސް ނުލިބިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.