ޗައިނާގައި ފެންބޮޑުވުން ---

ޗައިނާގެ ހެބެއި ޕްރޮވިންސްގައި ފެންބޮޑުވެ 29 މީހުން މަރުވެއްޖެ

ހުކުރު 11 އޮގަސްޓް 2023 | މޫސަ

ޗައިނާގެ އުތުރުގެ ސަރަހައްދުތަކަށް އަރާފައިވާ ތޫފާނުގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަދުވެގެން 29 މީހުން މަރުވެއްޖެއެވެ.

Advertisement


ފެންބޮޑުވުމުގެ ހާދިސާގައި 29 މީހުން މަރުވުމުގެ އިތުރުން 16 މީހުން ގެއްލިފައިވާ ކަމަށްވެސް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ ފާއިތުވި 140 އަހަރުގެ ތެރޭގައި ޗައިނާއަށް ތޫފާނެއް އަރައި އެންމެ ބޮޑަށް ފެންބޮޑުވި ފަހަރެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާއިން ހާމަކޮށްފައިވާ ގޮތުގައި، ހެބެއި ޕްރޮވިންސަށް ތޫފާނުގައި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދެ އަހަރެއްހާ ދުވަސް ހޭދަވާނެއެވެ. ތޫފާނުގައި ލިބުނު ގެއްލުމުގެ އަގު، 13.2 ބިލިއަން ޑޮލަރު، ނުވަތަ 95.8 ބިލިއަން ޔުއާންއަށް އަރާނެ ކަމަށްވެސް ޒިންހުއާއިން ވަނީ ބުނެފައެވެ.

މިވިއްސާރައިގައި ހެބެއި ޕްރޮވިންސްގެ 3.9 މިލިއަން މީހުންނަށް ވަނީ، ފެންބޮޑުވުމާއި ގުޅިގެން އެކިވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފެންބޮޑުވުމުގެ ހާދިސާގައި، 40،000 ވުރެ ގިނަ ގެ ބިމާއި ހަމަވެފައި ވާކަމަށާއި، 155،500އަށް ވުރެ ގިނަ ގެއިން ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކެނޑި ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށާއި އެތައް މިލިއަން ހެކްޓަރެއްގެ ދަނޑުބިން ހަލާކުވެފައިވާ ކަމުގައިވެސް ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

ޠޫފާނާއި ގުޅިގެން މިހާތަނަށް، 1.7 މިލިއަން މީހުން ވަނީ، ރައްކާތެރި ޞަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.