ހަވާއީގެ ލުހައިނާ ބަނދަރު ---

އަލިފާނުގެ ހާދިސާގައި ހަވާއީގެ މައުއީ އަނދާއަޅިޔަށްވެއްޖެ

އާދީއްތަ 13 އޮގަސްޓް 2023 | މޫސަ

އެމެރިކާގެ ބައެއްގެ ގޮތުގައި ބަލައިގެންފައިވާ، ޕެސިފިކްކަނޑުގެ މެދުތެރޭގައި އޮންނަ ހަވާއީގެ މައުއީ އަލިފާނުގެ ހާދިސާގައި މުޅިން އަނދާ އަޅިޔަށް ވެއްޖެއެވެ.

Advertisement


ހަވާއީގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން މައުއީގެ ފަތުރުވެރިކަމުގެ މަރުކަޒީއަވަށް، ލުހައިނާވެސް ވަނީ އަނދައިގެން ގޮސްފައެވެ. އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 93އަށް އަރާފައެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް ފާއިތުވި 100 އަހަރުގެ ތެރޭގައި އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ މިފަދަ ކާރިސާއެެވެ.

ހޫނު ގަދަވުމާއި، ވައިގެ ތެތްކަން ކުޑަވުމުގެ ސަބަބުން މައުއީގެ ޖަންގަލިތަކުގެ ތިން ސަރަޙައްދެއްގައި ރޯވި އަލިފާން، ހަލުވިކަމާއިއެކު ފެތުރުގަތީ ބާރު ވައިގެ ސަބަބުންނެވެ. މައުއީގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި އަލިފާންގަނޑު ފެތުރިގަތްލެއް އަވަސް ކަމުން ބައެއް މީހުން ސަލާމަތްވުމަށް ފުންމާލީ މޫދަށެވެ.

ލުހައިނާގެ 95 އިންސައްތަ ވަނީ މުޅިން އަނދައި އަޅިޔަށްވިއިރު، މިގެއްލުންތައް އެތައް ބިލިޔަނަކަށް އަރާނެކަމުގައި، ހަވާއީގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލުހައިނާ ދޫކޮށް ދިޔަ މީހުން އެނބުރި އަވަށަށް ދިޔުމުގެ ހުއްދަ ދީފައި ވާއިރު، ލުހައިނާގައި މީހުން ދިރިއުޅެވޭނެ އެއްވެސް ވަސީލަތެއް ނެތުމާއި އެކު އާއްމުން ވަނީ ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.