ތޫފާން ހިލަރީން ރައްކާތެރިވުމަށް މަސައްކަތްކުރަނީ --

ތޫފާން ހިލަރީގެ ބާރުކުޑަވި ނަމަވެސް އަދިވެސް ނުރައްކާ އެބައޮތް ކަމުގައި އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފި

އާދީއްތަ 20 އޮގަސްޓް 2023 | މޫސަ

އުތުރު އެޓްލާންޓިކް ކަނޑުގައި އުފެދުނު ތޫފާން ހިލަރީގެ ބާރުކުޑަވެފައި ވީނަމަވެސް، އެތޫފާނުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިވުމުގެ ފުރުޞަތު އެބައޮތްކަމުގައި އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

Advertisement


ތޫފާން ހިލަރީގެ މިސްރާބު މިހާރު ހުރީ މެކްސިކޯ ބާޖާ ކެލިފޯނިއާ ޕެނިންސިއުލާއާ ދިމާއަށެވެ. އާދީއްތަ ދުވަހުގެ ފަތިހު އެހިސާބަށް ތޫފާން ދަތުރުކޮށްފައިވާއިރު މިހާރު އެތޫފާން ވަނީ ކެޓަގަރީ 1 ގެ ތޫފާނަކަށް ދަށްކޮށްފައެވެ.

ތޫފާނުގެ ބާރު ކުޑަވެފައިވީނަމަވެސް އަދިވެސް މިތޫފާނުގައި، ގަޑިއަކު 85 މޭލާއި 95 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ބޯކޮށް ވާރޭވެހުމާއި އެކު، ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުޞަތުވެސް އަދިވެސް އެބައޮތް ކަމުގައި އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިތޫފާން އަރާފައި ވާއިރު، ތޫފާނުގެ ބާރު ވައިގެ ސަބަބުން ބައެއް ސަރަައްދުތަކުން ވަނީ ކަރަންޓްކަނޑައިގެންގޮސްފައެވެ. މިތޫފާނަކީ، ފާއިތުވި 84 އަހަރުގެ ތެރޭގަިއ ކެލިފޯނިއާއަށް ކުރިމަތިވި މިފަދަ ތޫފާނެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.