ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް. ފޮޓޯ: ޕޮލިސް

މާލެއިން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

އަންގާރަ 19 ސެޕްޓެމްބަރ 2023 | ހަމްޒާ

މާލެއިން 28 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Advertisement


ގެއްލިގެން ހޯދަމުން ދަނީ، ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) އަހަރެވެ.

ފުލުހުން ބުނީ، އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެފަހުން ފެނިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. މީގެއިތުރުން މިމީހާ އޭރުލައިގެން ހުރީ ރުއްތަކެއް ޖަހާފައި ހުރި ގަމީހަކާއި ސޯޓެއް ކަމަށްވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ، ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.