ކައުންސިލްތަކުގެ މުއައްޒަފުންގެ މުސާރަ 35 އިންސައްތަ ރައީސް ބޮޑުކޮށްދެއްވައިފި / ފޮޓޯ:ރައީސް އޮފީސް

ހުރިހާ ކައުންސިލްތަކެއްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

އަންގާރަ 19 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

Advertisement


މިގޮތުން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުގައި 35 އިންސައްތައިގެ އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެ އެލަވަންސް ހަމަޖެހުނު ނަމަވެސް، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

ވުމާއިއެކު، ކައުންސިލްތަކުގެ އިދާރީ މުވަޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން މި އެލަވަންސް އެ މުވައްޒަފުންނަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އެގޮތަށް ނިންމެވީ ކައުންސިލް މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާއަތް ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ،

މި ބަޔާނުގައިވާ ގޮތުން " ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށް ދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލުތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ މުސާރައިގެ ކުރިއެރުން ދިނުމަސް ހަމަޖެއްސެވީއެވެ.

މި ނިންމުމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ ސިވިލް މުވައްޒަފުންގެ މުސާރައިގެ ފަރަގު މިއަދުން ފެށިގެން ނައްތާލެވިއްޖެ ކަމަށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.