ގާޒާއަށް އިޒްރާއީލްގެ ސިފައިން ބޮން އެޅުމުގެ ސަބަބުން އުފެދިފައިވާ ފުން ވަޅުގަނޑެއްގެ ތެރޭގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ ---

ގައްޒާއިން ޝަހީދުވި މީހުންގެ އަދަދު 1100އަށް މަތިވެއްޖެ

ބުރާސްފަތި 12 އޮކްޓޯބަރ 2023 | މޫސަ

މިދިޔަ ހޮނިހިރު ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފަލަސްޠީނުގެ ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު އެއްހާހަށްވުރެ މަތިވެއްޖެއެވެ.

Advertisement


ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކުގައި ބުނެފައި ވަނީ، މެދުކެނޑުމެއްނެތި ގައްޒާއަށް އިޒްރާއީލުން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް، 1100 މީހުން ޝަހީދުވެ، 5183 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މިހަމަލާތަކުގައި އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިންންވެސް ވަނީ ޝަހީދުވެފައެވެ.

ގައްޒާގެ ހަތިޔާރެއް ނެތް އާއްމުންނާއި ދެކޮޅަށް އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކުގައި، ބައެއް އާއިލާތަކުގެ ހުރިހާ މެމްބަރުން އެކުގައި ވަނީ ޝަހީދުވެފައެވެ.

2 މިލިއަން މީހުންގެ އާބާދީ އޮތް ގައްޒާ އިޒްރޭލުން ހިސާރުކޮށްފައި އޮންނަތާ 17 އަހަރު ވީއިރު، އިޒްރޭލުން މިހަރުފެށި ހަމަލާތަކުގައިދަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. މިގޮތުން މަނާ ހަތިޔާރެއް ކަމަށްވާ، ވައިޓް ފޮސްފަރަސް އެކުލެވޭ ބޮންތަކުން ގާޒާއަށް ދަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ.

ގާޒާއަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން ކަރަންޓާއި ބޯފެނުގެ ޚިދުމަތްވެސް ގާޒާއިން ކަނޑާލައި، އަދި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ވަސީލަތްތައް ގައްޒާއަށް ވެއްދުންވެސް އިޒްރޭލުން ވަނީ މަނާކޮށްފައެވެ. އަދި އެހީގެ ތަކެތި ގައްޒާއަށް ވެއްދިޔަ ނުދިނުމަށްޓަކައި އިޒްރޭލުން ވަނީ، ރަފަހްބޯޑަރ ކްރޮސިންގއަށްވެސް ވައިގެ ހަމަލާތައް ދީފައިއެވެ.

އިޒްރާއީލުން ގާޒާއަށް މިހާ ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށީ، ހޮނިހިރު ދުވަހު، ފަލަސްތީނުގެ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ހަމަލާތައި، އިޒްރޭލު ސިފައިންގެ ތެރެއިން ގިނަ ބަޔަކު މަރާލައި، އަދި ބައެއް މީހުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގާޒާއަށް ގެންދިޔުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ހަމާސްގެ ހަމަލާގައި މަރުވި އިޒްރާއީލް މީހުންގެ އަދަދު 1200އަށް މަތިވެފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 2000 އިން މަތިވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.